ބްރިޖު ހައިވޭގައި ސައިކަލަކާއި ތެޔޮ ބައުސަރަކާއި ޖެހި އެކްސިޑެންޓެއް ހިނގައިފި

ސައިކަލަކާއި ތެޔޮ ބައުޒަރަކާއި ޖެހި ހިނގާފައިވާ އެކްސިޑެންޓުގެ ތެރެއިން -- ފޮޓޯ / ޕޮލިސް

 ބްރިޖު ހައިވޭގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 10:20 އެހާކަށްހައިރެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް ހައިވޭއިން ހުޅުމާލެއަށް އަރާ ސަރަހައްދުން ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަންހެން މީހާއަށް ވަނީ އަނިޔާ ލިބިފައެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް ހުޅުމަލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓާއި ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *