ކަރަންޓީންކުރި މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލައިފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ --

ޗައިނާއަށް ދަތުރުކޮށްފައިވާ މީހުން ރާއްޖޭގައި ކަރަންޓީން ކޮށްފައިވާއިރު، އޭގެތެރެއިން 3 މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލައިފިއެވެ.

މި ތިން މީހުންވެސް ކަރަންޓީނު ކޮށްފައިވަނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ކަނޑައެޅި މުއްދަތުގައި ޗައިނާއިން ވައިރަސް ފެނިފައިވާ ސިޓީއަކަށް ދަތުރުކުރި ފަރާތަކައް ވުމުންނެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ މި ތިން މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މި ދެ މީހުން ދޫކޮށްލީ ޓެސްޓްތަކުން އެމީހުން ކޮރޯނާ ވައިރަހަށް ނެގެޓިވް ވެފައިވާތީ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މި މީހުން ކަރަންޓީން ކޮށްފައިވަނީ ކަރަންޓީން ކުރުމަށް ހާއްސަކޮށްފައިވާ ފަރުކޮޅު ފުށީގައެވެ. ހެލްތު މިނިސްޓްރީން ބުނީ ކަރަންޓީން ކޮށްގެން މީހުން ބެހެއްޓުމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ވަގުތަކީ 14 ދުވަހުގެ މުއްދަތެއް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެމީހުންގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަސަރެއް ނުފެންނާތީއާ އަދި ޓެސްޓުތަކުންވެސް ނެގެޓިވްކޮށް ދައްކާތީ ދެ މީހުންވެސް ދޫކޮށްލާފައިވާ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ޗައިނާގެ ފަތުރުވެރިންނާއެކު އިތުރު ފްލައިޓްތަކެއް ރާއްޖެއައުން މަނާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *