ތޮއްޑޫގައި ހަދަމުން ދިޔަ ގެސްޓު ހައުސްއަކަށް ގެއްލުން ދީފި

އއ. ތޮއްޑު ---

އއ. ތޮއްޑޫގައި ހަދަމުންދިޔަ ގެސްޓު ހައުސްއަކަށް ބަޔަކު މީހުން ގެއްލުން ދީފިއެވެ.

ފުލުހުން ބުނީ ތޮއްޑޫގެ ގެސްޓު ހައުސްއަކަށް ބަޔަކު ގެއްލުން ދީފައިވާ ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ގެސްޓު ހައުސްއަށް ލިބުނު ގެއްލުން 30،000 ރުފިޔާއަށް އަރާނެ ކަަމަށް ބެލެވެއެވެ.

ލޯކަލް ޓުއަރިޒަމްގައި ފާހަގަކޮށްލެވޭ ތޮއްޑޫގައި 400 އެއްހާ އެނދު ހުރެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.