ސްނޯކްލިން އަށް ދިޔަ ދިވެއްސަކު މަރުވެއްޖެ

Aa. madivaru

އއ.މަޑިވަރު ބޭރުގައި ސްނޯކްލިން އަށް ދިޔަ ދިވެއްސަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެއްފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މި ފިރިހެން މީހާ ނިޔާވެގެން އއ. ރަސްދޫ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:30 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން ފުލުހުން ބަލަމުންދާންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.