ކޮވިޑް-19: ޗައިނާގެ 1،700 އަށްވުރެ ގިނަ ހެލްތު ވޯކަރުން ވައިރަހަށް ޕޮޒިޓިވްވެއްޖެ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް- 19 ގެ ސަބަބުން ޗައިނާގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދޭ މީހުންގެ ތެރެއިން 1،700 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ، 6 މީހަކު މަރުވެއްޖެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުން ބުނީ، ކޮރޯނާ ވައިރަސް ޖެހިގެން ޗައިނާގެ 1،716 ހެލްތް ވޯކަރުން އެ ބަލީގެ ޝިކާރައަކަށްވެފައިވާ ކަމަށެވެ. އޭގެތެރެއިން 6 މީހަކު މަރުވެފައިވާ ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ. އޭގެތެރެއިން 90 އިންސައްތަ މީހުން މަރުވެފައިވަނީ ޗައިނާގެ ހޫބޭއި ޕްރޮވިންސުން ކަމަށް ނޭޝަނަލް ހެލްތް ކޮމިޝަނުން ބުނެއެވެ.

BEIJING, Feb. 10, 2020 -- Chinese President Xi Jinping, also general secretary of the Communist Party of China Central Committee and chairman of the Central Military Commission, checks the treatment of hospitalized patients at the monitoring center and talks to medical staff on duty via a video link at Beijing Ditan Hospital in Beijing, capital of China, on Feb. 10, 2020. Xi on Monday inspected the novel coronavirus pneumonia prevention and control work in Beijing. (Photo by Ju Peng/Xinhua via Getty)

ދެހާސް ދެވަނަ އަހަރާއި 2003 ވަނަ އަހަރާއި ދެމެދު ފެތުރެމުން އައި ނުރައްކާތެރި ސާސް ރޯގާގައިވެސް ޗައިނާގެ އެތަކެއް ހެލްތް ވޯކަރުންނަށް އެކަމުގެ އަސަރުތައް އޭރު ވަނީ ކޮށްފައެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ހަމައެކަނި ވޫހާންގަ މަސައްކަަތް ކުރަމުންދިޔަ ހެލްތް ވޯކަރުންގެ ތެރެއިން 1،102 ފަރާތަކަށް ކޮރޯނާގެ އަސަރުވަނީ ކޮށްފައެވެ.

ވޫހާން ސިޓީގެ ޖުމަލް އަބާދީއަކީ 11 މިލިއަނެވެ. އެ ސިޓީގައި 38 ހޮސްޕިޓަލާއި، 6،000 އާއި ގާތްކުރާ އަދަދަކަށް ކްލިނިކުތައް ހުރެއެވެ. ނަމަވެސް ވޫހާންގެ މުނިސިޕަލް ހެލްތް ކޮމިޝަނުން ވަނީ ކޮރޯނާ ވައިރަސްޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 9 ހޮސްޕިޓަލެއް އެކަމަށް ހާއްސަކޮށްފައެވެ. އަދި 61 ހޮސްޕިޓަލެއްގައި ނިއުމޯނިއާގެ އަލާމަތެއްކަމަށްވާ ހުން ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ވަކިން ހޮސްޕިޓަލްތަކެއްވެސް ވަނީ ހަމަޖައްސާފައެވެ.

Corona virus (patients)
WUHAN, CHINA - FEBRUARY 13 2020: Medical personnel check the conditions of patients in Jinyintan Hospital, designated for critical COVID-19 patients, in Wuhan in central China's Hubei province Thursday, Feb. 13, 2020. The city reported 13,436 new cases of COVID-19 Feb. 12, a big jump after the city combed communities for patients and expanded the capacity to take them in.

މި ހޮސްޕިޓަލް ތަކުގެ ތެރެއިން ޖެނުއަރީ މަހުގެ އެއްވަނަ ދުވަހާއި 28 ވަނަ ދުވަހާއި ދެމެދު، ޒޮންގްނަން ހޮސްޕިޓަލުގައިވެސް 40 ހެލްތް ވޯކަރުންނަށް ކޮރޯނާ ވައިރަސް ޖެހުނެވެ. މިއީ އެ ހޮސްޕިޓަލުގައި ކޮރޯނާ ވައިރަސްޖެހިގެން ފަރުވާ ދެމުންދާ 138 މީހުންގެ 30 އިންސައްތައާއި ގާތްކުރާ މީހުންގެ އަދަދެކެވެ.

ވޫހާންގެ ހޮސްޕިޓަލްގެ އައިސީޔޫގައިވެސް މަސައްކަތް ކުރަމުންދިޔަ ހެލްތް ވޯކަރުންނަށް ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެ ހޮސްޕިޓަލްތަކުގައި ބޭނުންވާ މެޑިކަލް ސަޕްލައި ތަކާއި، ރެސްޕިރޭޓަރީ މާސްކް، ގޮގްލްސް އަދި ބޮޑީ ސޫޓްސް ފަދަ ގިނަ ސާމާންތައްވަނީ މަދުވެފައެވެ. އެގޮތުން އެ ބަލިން ރައްކާތެރިވުމަށް، ވޫހާންގެ ބައެއް ހޮސްޕިޓަލްތަކުން ވަނީ ސޯޝަލް މީޑިއާގައި އެކަމާއި ގުޅިގެން އެފަދަ ސާމަންތައް ހޯދުމުގައި އެހީތެރިވުމަށްވެސް އެދިފައެވެ.

ކޮރޯނާ ވައިރަސްއަށް މިހާތަނަށް 64،435 މީހުންވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 6،983 މީހުންވަނީ ފަރުވާ ދީގެން މިބަލިން ސަލާމަތް ވެފައެވެ. އޭގެތެރެއިން1،383 މީހުންވަނީ ވަނީ ޗައިނާއިން މަރުވެފައެވެ. އަދި ޗައިނާގެ ބޭރުން 3 މީހަކުވަނީ ކޮރޯނާ ވައިރަސްޖެހިގެން މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.