ފަތުރުވެރިންނަށް ހަމަލާދިން މައްސަލާގައި ހަތްވަނަ މީހާ ހައްޔަރުކޮށްފި

ފުލުހުންގެ ދިދަ --

މި މަހުގެ ހަތަރުވަނަ ދުވަހު ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ފުލުހުންގެ ހައްޔަރަށް ހަތްވަނަ މީހާ ގެނެސްފިއެވެ.

ފުލުހުން ބުނީ ފަތުރުވެރިންނަށް ހަމަލާދިން މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ ހަމަލާގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. މީގެތެރެއިން ޗައިނާގެ އެކަކަކީ ފަތުރުވެރިއެކެވެ. އަދި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެ މީހުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މި މަހުގެ ހަވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މި މައްސަލައާ ހަރުކަށި ފިކުރާ ގުޅުން އޮންނަ ބައެއް ކަމަށެވެ. މި މައްސަލައާ ވިދިގެން ފުލުހުން އަންނަނީ އިތުރު މައްސަލައެއްވެސް ބަލަމުންނެވެ. އެއީ ހުޅުމާލޭގެ ހަމަލާއާ ގުޅިގެން ވީޑިއޯ މެސެޖެއް މެދުވެރިކޮށް އެކަމުގެ ޒިންމާ ނަގާ ކަމަށް ބުނެ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ބެލެވޭ ބައެއް އާއްމުކޮށްފައިވާ ވީޑިއޯއެެކެވެ.

އެ ވީޑިޔޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *