ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ކުޑަ ކުދިންތަކެއް --

އުތުރުގެ ރަށެއްގައި ތިން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މިއަދު ބުނީ އުތުރުގެ ރަށެއްގައި 7 އަހަރާއި 10 އަހަރުގެ ދެ އަންހެން ކުދިންނަށާއި އަދި 13 އަހަރުގެ ފިރިހެން ކުއްޖަކާއި މެދު އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައެއް މި މަ މަހުގެ 12 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންގެ މައްސަލަތަކުގައި އެކުދިންގެ ރައްކާތެރިކަމަށްޓައި ކުދިންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *