ކައުންސިލް އިންތިހާބުގެ ޖޭޕީގެ ޕްރައިމަރީ ވޯޓުލުން ފަށައިފި

ޖުމްހޫރީ ޕާޓީގެ ޕްރައިމަރީގައި އާއްމު މެންބަރަކު ވޯޓުލަނީ: ފޮޓޯ / ޖޭޕީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު މިމަހުގެ 20ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ފޯމުތައް އިލެކްޝަނަށް ހުށަހަޅަންޖެހެއެވެ.

ޖޭޕީން މީގެކުރިން ބުނެފައިވަނީ ޕްރައިމަރީ ބާއްވަނީ ތިން ސަރަހައްދެއްގައި ކަމަށެވެ. އެއީ މާލެ 15 (މާފަންނު ހުޅަނގު އުތުރު) އދ. މާމިގިލި އަދި އދ. ފެންފުށީގައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ހުޅުވާލައިގެން ޕްރައިމަރީ ބާއްވަން ނިންމާފައިވާއިރު، މިއީ އެ ޕާޓީގެ ތާރީހުގައި މި ގޮތަށް އެ ޕާޓީން ޕްރައިމަރީ ބާއްވާ ފުރަތަމަފަހަރެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕްރައިމަރީ ބާއްވާފައިވާއިރު އިދިކޮޅު ޕީޕީއެމްގެ ޕްރައިމަރީވެސް ވަނީ ބާއްވާފައެވެ. އަދި މި ދެޕާޓީންވެސް މިހާރު އަންނަނީ ކައުންސިލް އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *