ކޮރޯނާ ވައިރަހަށް " ކޮވިޑް- 19" ގެ ނަމުން ނަން ދީފި

ކޮރޯނާ -

ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހަށް ހާއްސާ ނަމެއްގެ ގޮތުގައި "ކޮވިޑް- 19" ގެ ނަމުން ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ނަންދީފިއެވެ.

ކޮރޯނާ ވައރިަހަށް ރަސްމީކޮށް ނަން ދީފައިވަނީ މިހާތަނަށް 1000 އެއްހާ މީހުން އެބަލީގައި މަރުވެފައި ވަނިކޮށެވެ. އަދި 10،000 އަށް ވުރެން ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ.

ޑަބްލިއުއެޗްއޯގެ ޝިފް ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ވަނީ އެ ބައްޔާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ވީހާވެސް ބޮޑަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

"ކޮރޯނާ ވައިރިސް" އެ ނަމަކީ މި ވައިރަސްގެ ގްރޫޕްގެ ބާވަތަށް ކިޔާ ނަމެވެ. ނަމަވެސް މިއީ މިފަހުން ދުނިޔޭގައި ފެތުރެމުން އަންނަ ވައިރަހަށް ދެވިފައިވާ ހާއްސަ ނަމެއް ނޫނެވެ. އެގޮތުން މިއަދު ވަނީ އެ އެ ވައިރަހަށް "ކޮވިޑް- 19" ގެ ނަމުން ހާއްސަ ނަމެއް ދީ އެކަން އިއުލާން އިއުލާންކޮށްފައެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި މި ވައިރަހަށް ވަކި ހާއްސަ ނަމެއް ދިނުމަށް ނިންމީ މިއަށް އެކި ނަމުން ނުކިޔުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިއަދު ދިން ނަމަކީ އެއްވެސް ޖިއޮގްރަފިކަލް ލޮކޭޝަނެއް، އެއްވެސް ޖަނަވާރެއް، ވަކި ގުރޫޕެއްގެ ބަޔަކަށް ދެވިފައިވާ ނަމެއް ނޫންތޯ ބަލާފަ ނިންމި ނަމެއް ކަމަށްވެސް ސިއްހީ މާހިރުން ބުނެއެވެ. އަދި އެ ވައިރަހަށް ދެވޭ ނަމަކީ ކިޔަން ފަސޭހަ އަދި ބައްޔާއި ގުޅޭ ނަމަކަށް ވާނެ ހެން ދެވިފައިވާ ނަމެއް ކަމަށް ޑަބްލިއުއެޗްއޯގެ ޗީފް ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ވިދާޅުވީ މި ނަން ވުޖޫދަށް ގެނައީ "ކޮރޯނާ" ، "ވައިރަސް" އަދި "ޑިސީސް" މި ތިން ބަސްތަކުން ކަމަށެވެ. މި ނަމަކީ ފެތުރެމުންދާ ވައިރަސް ދުނިޔޭގައި ފެތުރުނު އަހަރާއި އަދި އެކަން އެ އޯގަނައިޒޭޝަނަށް އެނގުނު ތާރީހުގެ މައްޗައް އެކުލަވާފައިވާ ނަމެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *