ކޮރޯނާއަށް މުވައްޒަފަކު ޕޮޒިޓިވް ވުމާއެކު ސިންގަޕޫރުގެ ބޭންކެއް ހުސްކޮށްފި

sinagapore bank evacuation

ސިންގަޕޫރުން ކޮރޮނާ ވައރިރަސް ޖެހިފައިވާ މީހާ ފެނުނު ބޭންކް/ ފޮޓޯ: ގޫގުލް

ސިންގަޕޫރުގެ އެންމެ ބޮޑު އެއް ބޭންކު ކަމަށްވާ ޑީބީއެސްގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ޖެހުމާއި ގުޅިގެން މުޅި ބޭންކުން މުވައްޒަފުން ހުސްކޮށް، ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް އެ ބޭންކުން ހަމަޖައްސައިފިއެވެ.

އެ ބޭންކުގެ 43 ވަނަ ފަންގިފިލާގައި 300 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން ދެއެވެ. 43ވަނަ ފަންގިފިލާގައި ތިބޭ މި މުވައްޒަފުންގެ ތެރެއިން އެއް މުވައްޒަފަކަށް ކޮރޯނާ ވައިރަސް ޖެހުމާއި ގުޅިގެން މުވައްޒަފުންތައް އެ ބޭންކުން ހުސްކުރުމަށްފަހު ބޭންކުން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނީ 43ވަނަ ފަންގިފިލާގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތުން އެމީހުން ގޭގައި މަސައްކަތް ކުރެވޭނެ ހެން ގެއަށް ފޮނުވާލާފައިވާ ކަމަށެވެ.

އެ ބޭންކުގައި މަސައްކަތް ކުރަމުންދިޔަ އެ މުވައްޒަފު މީހާ ކޮރޯނާއަށް ޓެސްޓުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބުނީ މިދިޔަ ބުދަ ދުވަހުއެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބުނު އިރު އޭނާ ކޮރޯނާއަށް ޕޮޒިޓިވްއެވެ.

ޑީއެމްއެސް ބޭންކުން ބުނީ އެފަދަ ހިތާމަވެރި ދަނޑިވަޅެއްގައި އެ ބޭނުންކުން އޭނާގެ އާއިލާއަށާއި އޭނާއަށް ފޯރުކޮށްދެވޭނެ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން ވައިރަހަށް ޕޮޒިޓިވް ވި މީހައާއި ކައިރިވެފައިވާ މީހުން ބެލުމަށް އެެ ބޭންކުގައި މަސައްކަތް ކުރި މުވައްޒަފުންގެ ކޮންޓެކްޓް ޓްރޭސިންގްވެސް މިހާރު ވަނީ ހަދާފައެވެ.

މިކަން އެނގުމާއި އެކު ބޭންކުގެ ފާހާނާތަކާއި ލިފްޓް ފަދަ ތަންތަން ވަނީ ވަރަށް ރަނގަޅަށް ސާފުކޮށްފައެވެ.
ކޮރޯނާވައިރަސް ޖެހިގެން އިއްޔެ އެކަނި ވެސް 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެގޮތުން މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ހުބެއި ޕްރޮވިންސުގެ ހެލްތު އޮތޯރިޓީން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މި ބަލީގައި އިއްޔެ އެކަނި އެ ޕްރޮވިންސުން ވަނީ 116 މީހުން މަރުވެފައެވެ. އަދި އިއްޔެ އެކަނި އިތުރު 4،823 މީހުން އެ ޕްރޮވިންސުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް އެ ޕްރޮވިންސުން މި ބައްޔަށް ޕޮޒިޓިވްވި 36،719 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭގެތެރެއިން 1،685 މީހުންގެ ހާލު ސީރިއަސްއެވެ. އަދި 4،131 މީހުން ވަނީ ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މި އަދަދުތަކާއެކު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،486 އަށް އަރާފައެވެ. މި ބަލީގައި ތިން މީހުން ފިޔަވައި ދެން އެންމެން ވެސް މަރުވެފައިވަނީ ޗައިނާ އިންނެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 60،000 އަށް ވުރެ މައްޗަށް އަރާފައެވެ

Leave a Reply

Your email address will not be published. Required fields are marked *