މެޔަށް ތަދެއް އަރައިގެން އެމްއެންޑީއެފް އަށް ރިޕޯޓް ކުރި މީހާ މަރުވެއްޖެ

އެމްއެންޑީއެފް ކޯސްޓް ގާޑް/ ފޮޓޯ- އެމްއެންޑީއެފް

މެޔަށް ތަދެއް އަރައިގެން އެމްއެންޑީއެފްއަށް ރިޕޯޓްކުރި މީހާ މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 44 އަހަރުގެ މީހެކެވެ.

ހއ. އުލިގަމުގެ އުތުރުން 70 ނޯޓިކަލް މޭލް ބޭރުގައި އޮތް " ނުޖޫމް 2" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ދިވެއްސެއްގެ މެޔަށް ދަތެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްއެންޑީއެފްއިން ބުނީ، އެމީހާގެ މޭގައި ކުއްލިއަކަށް ރިއްސަން ފަށައިގެން އެކަން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 11:38 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *