ކުރީގެ އިސްލާހިއްޔާ އިމާރާތުގައި ރޯވެ އަނދައިފި

ކ. މާފުށީގައި ހުންނަ އިސްލާހިއްޔާގެ ކުރީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެތަން އެއްކޮށް އަނދައިފިއެވެ.

އެ އިމާރާތުގައި ރޯވެފައި ވަނީ، މިއަދު ހެނދުނު 9:15 އެހާކަންހާއިރުއެވެ. އެތަނަކީ މިހާރު ގުދަނެއްގެ ގޮތުގައި ބޭނުން ކުރާ ތަނެކެވެ. އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވީ އެތަނުގައި ޓިނުން ހަދާފައި ހުރި ތަނެއްގައި ކަމަށެވެ.

އެ އަލިފާންގަނޑު މިހާރު އެއްކޮށް ވަނީ ނިއްވާލެވިފައެވެ. އެ އިމާރާތް ބޭނުން ނުކޮށް ފަޅަށް ހުންނަތާ ވަރަށް ދުވަސްވެއްޖެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.