މީގެފަހުން ގައިދީންނަށް އެއްފަހަރާ 3 ވަކީލުންނާއި ބައްދަލުކުރެވޭނެ

ގައިދީންތަކެއް --

ތަފާތު އެކި ކުށްތަކާއި ގުޅިގެން ހުކުމް ކޮށްފައިވާ ގައިދީންނާއި ތަފާތު އެކި މައްސަލަތަކުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށް އެއްފަހަރާ ތިން ގާނޫނީ ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ބުނީ އެ ބަދަލު ގެނެސްފައި ވަނީ ގާނޫނީ ވަކީލުންނާއި ބައްދަލުކުރުމުގެ އުސޫލަށް ގެނެސްފައިވާ ބަދަލުގެ ތެރެއިން ކަމަށެވެ.

އެގޮތުން މި އުސޫލަކީ ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން، ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދުގެ ދަށުން ދީންނާއި ބަންދު މީހުންގެ ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގައި އަމަލުކުރަން ޖެހޭ ގޮތް ބަޔާންކުރާ އުސޫލެވެ.

ބަދަލު ގެނެވުނު މި އުސޫލުގައި ގާނޫނީ ވަކީލުން ރަޖިސްޓްރީކުރުމާއި އެ ފަރާތްތަކާއި ބައްދަލުކުރުމާއި ބެހޭގޮތުން އަމަލުކުރަންވީ އުސޫލުތަކުގެ ތަފްސީލް ބަޔާންކުރެވިފައިވެއެވެ. އެގޮތުން ވަކީލް ބައްދަލުވުމަށް އެދި ހުށަހަޅާ ފޯމް މާލެ ޖަލުގެ ރިސެޕްޝަނުން ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 15:00 އަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމަށް އަހުމަދު މުހައްމަދުފުޅު އައްޔަން ކުރެއްވި ހިސާބުން ބޮޑެތި ބަދަލުތަކެއް އެ އިދާރާއަށް އަންނަނީ ގެންނަމުންެވެ. އެގޮތުން ދާދިފަހުން ވަނީ ގައިދީންނަށް އާއިލާގެ ފަރާތުން އަންނައުނު ގެނައުމުގެ ހުއްދަވެސް އަލުން ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *