އެމްއޭސީއެލްގެ ވެރިން މަސްލަހަތު ޓީއެމްއޭ އާއި މަންތާގައި އޮތްކަން ފަޅާއަރައިފި

ރައީސް ސޯލިހުގެ އަރިހުގައި އެމްއޭސީއެލްގެ ބައެއް ވެރިން-- ފޮޓޯ/ ރައީސް އޮފީސް

އައު ސީޕްލޭން ޓަރމިނަލް ހިންގުން ހަވާލުކުރުމަށް ނިންމާފައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާޢެއް ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލަ އޭސީސީން ތަހުގީގު ކުރުމުން، އެމްއޭސީއެލް ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ވެރިންގެ މަސްލަހަތު ޓީއެމްއޭ އާއި މަންތާގައި އޮތްކަން ފަޅާއަރައިފިއެވެ.

އޭސީސީން ބުނީ ދައުލަތަށް ފައިދާ ވާން އޮތް ކަމެއްގައި، ވަކި ބަޔަކަށް މަންފާވާ ގޮތަށް ނާޖައިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތްކޮށްފައިވާ ކަމާއި އެގޮތަށް ނިންމިއިރު، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި އަދި ކުރިން ތިބި ފަރާތްތަކާ ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާގަކުރެވިފައިވާ ކަމަށެވެ. އަދި އެމްއޭސީއެލްގެ ބޯޑުގެ މިހާރު އަދި ކުރީގެ ބައެއް ފަރާތްތަކުގެ މަސްލަހަތު އެ ކުންފިތަކުގައި އޮންނަކަން އެނގެއެވެ.

28 ނޮވެމްބަރު 2017ގައި ބޭއްވި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުން ސީ ޕްލޭން އޮޕަރޭޓަރުންނަށް އައު ސީ ޕްލޭން ޓަރމިނަލުން ޖާގަ، އަކަމީޓަރެއް މަހަކަށް 10.35$ގެ ރޭޓުގައި ކުއްޔަށް ދޫކުރުމަށް މަޝްވަރާކުރިއިރު، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާޓްތަކާއި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ސީ ޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނި ކަމަށްވާ، ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާ ޢާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވާއިރު، އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ފަރާޓްތަކުގެ މައްސަލަހަތު އެ ކުންފިޔަކުގައި އޮންނަކަން އެނގެއެވެ،”

އޭސީސީން ބުނީ އެހެންކަމުން އެފަރާތްތަކުގެ މަސްލަހަތު އޮންނަ އެފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހައި އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ނިންމާއިރު އެފަރާތްތަކުގެ މަސްލަހަތު ފުށުއަރާކަން އެ ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.