ވިލިމާލޭގާއި 24ގަޑިއިރު ވިޔަފާރި ކުރުމަށް ދެ ސަރަހައްދެއް

ވިލިމާލޭގައި ސައި ހޮޓަލާއި ރެސްޓޯރެންޓްތައް އަދި ފިހާރަތައް 24 ގަޑިއިރު ހިންގޭނެ ސަރަހައްދުތައް ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީންކަނޑައަޅައިފިއެވެ.

މިކަން އިއުލާންކޮށް އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ 24 ގަޑިއިރު ވިޔަފާރި ކުރުމަށް ދެ ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ.

ފުރަތަމަ ސަރަހައްދަކީ ވިލިމާލޭގެ ފެރީ ޓާމިނަލް ހުންނަ ސަރަހައްދެވެ. އަދި ދެވަނަ ސަރަހައްދަކީ ވިލިމާލޭވާރު ހިނގުންމަގެވެ.

މި ސަރަހައްދުތަކުގައި24 ގަޑިއިރު ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ29ވަމަ ދުވަހުގެ ކުރިން ހުށަހަޅަންޖެހެއެވެ.

އަދި 24 ގަޑިއިރަށް ވިޔަފާރިކުރާ ތަންތަނުން ނަމާދު ވަގުތުތައް ފިހާރަ ބަންދުކުރުން ފިޔަވައި އެހެން ހުރިހާ ވަގުތެއްގައިވެސް ވިޔަފާރިކުރަން އަންނަމީހުންނަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންޖެހެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.