ތޫނު ހަތިޔާރާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި

ޕޮލިސް-

ތޫނު ހަތިޔާރު ގެންގުޅޭ މައްސަލައެއްގައި ދެކުނުގެ ރަށަކުން ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ ހިމެނޭ ސައުތު ޕޮލިސް ޑިވިޝަންގެ ރަށެއްގައި 15 އަހަރުގެ ކުއްޖެއް ތޫނު ހަތިޔާރު ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެކުއްޖާ އުޅޭ ގެ ބަލައި ފާސްކުރި ކަމަށެވެ.

 އަދި އެ ކުއްޖާ ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރިއިރު ހަތަރު ވަޅިއާއި ދަނބު ކުލައިގެ ހޮޅިބުރިއެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ހަމަ އެ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް އެކުއްޖާ ގެނައުމަށްފަހު އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.