ދެ އަހަރުގެ ކުޑަ ކުއްޖާ ރޭޕްކުރި މައްސަލާގައި އިތުރު ބަޔަކަށްވެސް ދައުވާ ކުރަނީ

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލަ މާދަމާ ކޯޓަށް ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކޮށްފައެވެ. އަދި އެ ކުއްޖާ އަށް އިހުމާލުވި މައްސަލާގައި އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމު ވިދާޅުވީ މި މައްސަލާގައި ފުލުހުންނާ އެކު މަޝްވަރާކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ މައްޗަށް މައްސަލަ ހުށަހެޅޭ ވަރަށް ތައްޔާރުވަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތިން މީހުން ހައްޔަރުކުރި ނަމަވެސް ޝަމީމު ވިދާޅުވީ ދައުވާ ކުރަން ފޮނުވާއިރު އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

“އެއާއިލާގައި ވެސް އެބަތިބި އެ ކުއްޖާއަށް އިހުމާލުވި އިތުރު ބައެއް މީހުން ވެސް ފާހަގަކުރެވިފައި، އަދި ހައްޔަރު ނުކުރިޔަސް. އެހެންވިމަ ފަހަރެއްގައި ދައުވާ ކުރާއިރު ހައްޔަރުގައި ތިބި މީހުންނަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް. ފުރިހަމަ މައުލޫމާތު ލިބޭނީ މިއަދު މެންދުރު ފުލުުހުން އެ މައުލޫމާތު ގެނައުމުން” ޝަމީމު ވިދާޅުވިއެވެ.

އެ މައްސަލައިގައި ހަައްޔަރު ކުރި ކުއްޖާގެ މުނި ކާފަ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މިހާރުވެސް ޝަރީއަތް ކުރަމުންދާ މީހެކެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.