ރާއްޖޭގައި ކްލައިމެޓް އެމަޖެންސީ އިއުލާން ކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް އިދާރާ / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ތިމަވެށީގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔެ ސަލާމަތް ކުރުމަށް އޮތް ހަނި ފުރުސަތު ގެއްލިގެން ގޮސްދާނެތީ އެކަން ދުނިޔޭގެ ސަމާލު ކަމަށް ގެނައުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

އެ ގަރާރު މަޖިލީހުގެ އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައި ވަނީ ބަދަލުތަކާ އެކުއެވެ. ކޮމިޓީގެ މި ނިންމުން ފާސްވީ 68 މެމްބަރުންގެ ވޯޓާއެކުއެވެ.

އެ ރިޕޯޓުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކަމާ ގުޅޭ އިދާރާތަކުގެ ސަމާލު ކަމަށް މިކަން ގެނެސް، ކުއްލި ހާލަތު އިއުލާން ކުރުމަށް ގޮވާލުމަށެވެ.

އެ ރިޕޯޓުގައިވާ  ހިމެނޭ ކަނތްތައްތަކުގެ ތެރޭގައި، އިއާދަކުރަނިވި ހަކަތަ އުފައްދަން ބޮޑެތި ގައުމުތަކުން ހޭދަ ކުރަން ރާއްޖެ ވަކާލާތު ކުރުމާއި ޕެރިސް އެގްރީމަންޓާ ހިލާާފަށް އަމަލުކުރާ ގައުމުތަކަށް ފިޔަވަޅު އަޅަން ވަކާލާތު ކުރުން ހިމެނެއެވެ.

މީގެ އިތުރުން ފޮސިލް ފިއުލް އުފެއްދުމުގެ މަޝްރޫއުތަކަށް ގައުމުތަކުން މިހާރު ކުރަމުންދާ ކުރަމުންދާ އިންވެސްޓްމެންޓްތަކާއި ދެމުންދާ ސަބްސިޑީތައް ހުއްޓާލައި، އިއާދަކުރަނިވި ހަކަތަ އުފައްދަން އެފައިސާ ހޭދަކުރަން މަގުފަހިކުރަން ގައުމުތަކާއި ޖަމިއްޔާ ޖަމިއްޔާ ޖަމާއަތްތަކަށް ގޮވާލައި ރާއްޖެއިން ވަކާލާތު ކުރުން ހިމެނެ އެވެ.

ގައުމުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު 2030 ވަނަ އަހަރުގެ ނިޔަލަށް 40 ޕަސެންޓް ދަށްކުރުމަށާއި 2050 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯއަށް ތިރިކުރުމަށް ގައުމުތަކަށް ގޮވާލާ ރާއްޖެއިން ވަކާލާތު ކުރުން ހިމެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.