ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 20 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ރޭޕްއާއި ދެކޮޅަށް އާންމުކޮށްފައިވަ ޕޯސްޓެއް-

އުތުރުގެ ރަށެއްގައި އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، އުތުރުގެ ރަށެއްގައި އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެބްރުއަރީ 11 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ 09:15 ހާއިރު 20 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ ތަކުގައި އެކުދިންގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން އެ ހާދިސާ ހިނގާފައިވާ އަތޮޅާއި ރަށް، ފުލުހުން ހާމަނުކުރާނެ ކަމަށެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.