މަޖިލީހުން ފެއިލް ކޮށްލިއަސް ރައީސްގެ ލިސްޓުގެ ކުރީގައި ޝިފްލާގެ ނަން އަނެއްކާވެސް ހިމަނައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަންފުޅުތަކުގެ އެންމެ ކުރީގައި މަޖިލީހުން ކުރިންވެސް ފެއިލްކޮށްލި މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހީމްގެ ނަން އަނެއްކާވެސް ހިމަނައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެކުރިން ވެސް މަޖިލީހުން ފޮނުވި ނަންތަކުގެ އެންމެ ކުރީގައި ހިމެނެނީ ޝިފްލާގެ ނަމެވެ. އެހެންނަމަވެސް އެފަހަރު މަޖިލީހުން ރުހުން ދިނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފައިވާ އެމްޑީޕީގެ އެކްޓިވިސްޓު ގދ. އަތޮޅުގެ ކުރީގެ ކައުންސިލަރު އަހުމަދު ގައިސްގެ ނަމެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަަށް އައްޔަން ކުރުމަށް ރައީސް ސޯލިހު މަޖިލީހަށް ފޮނުވި ލިސްޓުގައި 15 މީހެއްގެ ނަން ހިމެނޭއިރު މިފަހަރުގެ ލިސްޓުގައިވެސް އެންމެ ކުރީގައި އޮތީ ޝިފްލާއެވެ.

ރައީސް ފޮނުވި ނަންތައް ތަރުތީބުން

  • ޝިފްލާ އިބްރާހިމް
  • އައިމިނަތު އަމީނާ
  • އައިމިނަތު ނުޒުހާ
  • ސައުދާ ސަލީމް
  • މުހައްމަދު ފަޒީން
  • ޒުބައިރު އަހުމަދު
  • މޫސާ ރިލްވާން
  • އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު
  • ހުސައިން ފާއިޒް
  • އިމްރާނާ ބިންތް އަބްދުﷲ
  • އިސްމާއިލް ސާޖިދް
  • އަހުމަދު ހަލީލް
  • މުހައްމަދު ރަޝީދު އަހުމަދު
  • އަހުމަދު ފައިރޫޒު
  • އައިޝަތު އަރީފާ

މި ނަންތައް ދިރާސާ ކުރުމަށް މިހާރު ވަނީ ކޮމެޓީއަށް ފޮނުވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *