18 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަރަށް އަރައިފި

އެމްއެންޑީއެފް ކޯސްޓް ގާޑް/ ފޮޓޯ- އެމްއެންޑީއެފް

އަށާރަ މީހުންނާ އެކު މާލެއިން ފުރައިގެން ތަ އަތޮޅާށް ދަތުރުކުރި ލޯންޗެއް މިއަދު ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ، ފަރަށް އަރާފައި ވަނީ ތ. އަތޮޅަށް ދަތުރުކުރި “ލީޖަން 7” ނަމަކަަށް ކިޔާ ލޯންޗެއް ކަމަށެވެެ. އެ ލޯންޗު ފަރަށް އަރާފައި ވަނީ ވ. ފުލިދޫގެ ހުޅަނގުން 10 މޭލް ބޭރުންނެވެ. އަދި އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:10 ކަންހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންލިބިފައިވާ ކަމަށް އެމްްއެންޑީއެފްއިން ބުނެފައެއް ނުވެއެވެ.

އެމްއެންޑީއެފްއިްނ ބުނީ، އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ލޯންޗުގެ ވެރިފަރާތުން ލޯންޗު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.