އުކުޅަހުން ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފުލުހުން ހޯދައިފި

އއ. އުކުޅަސް/ ފޮޓޯ- ގޫގުލް

އއ. އުކުޅަހުން ގެއްލިގެން އުޅުނު ކުއްޖާ ފުލުހުން ހޯދައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، އއ. އުކުޅަހުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ގެއްލިގެން ރޭ 12:08 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓާއި ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ކުރިން އެ ކުއްޖާ އެރަށު ޖެޓީއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް މި ކުއްޖާ ގެއްލިފައިވަނީ ކިހިނެއް ކަމެއްް ފުލުހުން ބުނެފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ އެންމެހައި ކަންކަން ބަލަމުން ގެންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *