ފުޓްބޯޅަ ކުޅެން ހުރި މީހަކު މަރުވެއްޖެ

ޕޮލިސް-

ހުޅުމާލޭގައި ފުޓްބޯޅަ ކުޅެން ހުރި މީހަކު މަރުވެއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ބަންގްލަޑޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މިއަދު 8:20 ހާއިރު ފުލުހުން ހުޅުމާލޭގައި ޕެޓްރޯލް ކުރަމުން ދަނިކޮށް ހުޅުމާލޭ ޕެޓްރޯލް ޓާފް ދަނޑު އެކަކުން ބަޔަކު މީހަކު އަތްދަނޑިމައްޗަށް ލައިންގެން އަންނަތަން ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ ސަރަހައްދަށް ގޮސް ބެލިއިރު، މީހަކު ފުޓްބޯޅަ ކުޅެން އުޅެނިކޮށް ވެއްޓިގެން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ ފުލުހުންގެ ވެހިކަލްގައި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ވެއްޓުނު މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް، މަރުވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރުން މައުލޫތުދޭކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *