ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއްކަމަށް ހެދިގެން މެޓްރޯ ރޭލެއް ތެރޭގައި ވެއްޓި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި މީހަކު މޮސްކޯގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ރަޝިއާގެ ނިއުސް މީޑިއާއެއް ކަމަށްވާ ވެސްޓި ނިއުސްއިން އާންމުކޮށްފައިވާ އެވީޑީއޯގައި، ފެންނަގޮތުން އެފިރިހެން މީހާގެ މޫނުމަތީގައި ހުރީ މާސްކެއްވެސް އަޅާފައެވެ.
އަދި ރޭލުތެރޭގައި މީހުން އިށީންދެގެންނާއި ކޮއްޅައްވެސް ތިއްބެވެ. އޭނާ އެ ރޭލުގެ ތެރެއަށް ވަދެގެން އައިސް އިރުކޮޅެއް ނުވަނީސް ރޭލުތެރެއަށް ވެއްޓިގެން ތެޅޭ މަންޒަރު މީހުންނަށް ފެނުނެވެ.
.އަދި އޭނާގެ ހަރަކާތްތަކުގެ ސަބަބުން އޭނާ ކައިރީގަ ތިބި މީހުން ބިރުން ވަގުތުން ދުރަށް ޖެހުނެވެ.
Когда пранк вышел из-под контроля!
В Москве задержали шутника, разыгравшего в метро приступ коронавируса. Полиция попросила Черемушкинский суд столицы арестовать молодого человека. pic.twitter.com/fmT17RUijQ
— ВЕСТИ (@vesti_news) February 10, 2020
މިކަމާއި ގުޅިގެން ރަޝިޔާގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި، އޭނާ ވަނީ މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން އިތުރު ދެ މީހަކު ހޯދަމުންދާ ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެއެވެ. އެ މައްސަލައިގަ ހޯދަމުންދާ ދެ މީހުންނަކީ އެ ވީޑިއޯގައި ވެއްޓިފައިވާ މީހާއަކީ ކޮރޯނާޖެހިފައިވާ މީހެއް ކަމަށް ބުނެ ބާރަށް ހަޅޭއްލަވައި، އެވަގުތު މީހުންގެ ހިތަތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރި ދެ މީހުން ކަމަށް ރަޝިޔާގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.
މި ވީޑިއޯ ފުރަތަމަ އާންމުންގެ ތެރެއަށް ދޫކޮށްފައިވަނީ ކާރާ.ޕްރޭންކް ނަމަކަށް ކިޔާ ވެބްސައިޓެއްގައި މި މަހުގެ ދެވަނަ ދުވަހުއެވެ. އަދި މިހާރު އެ ވީޑިއޯ ވަނީ އެ ވެބްސައިޓުންވެސް ނަގާފައެވެ.
މިހާތަނަށް ކޮރޯނާ ވައިރަސްޖެހިގެންވަނީ 1000 އަށްވުރެން ގިނަ މީހުން ހަމައެކަނި ޗައިނާއިންވެސް ވަނީ މަރުވެފައެވެ. އަދި މި ވައިރަސް ދުނިޔޭގެ 20 ގައުމަށް ވުރެން ގިނަ ގައުމަކަށް ވަނީ ފެތުރިފައެވެ. އޭގެތެރޭގައި ރަޝިޔާއިން ވަނީ ކޮރޯނާ ޖެހިގެން ދެ ކޭސް ރިޕޯޓްކޮށްފައެވެ.
ރަޝިޔާގެ ސަރުކާރުން ވަނީ މިހާތަނަށް 144 މީހުން ކޮރޯނާ ވައިރަސް ޖެހިގެން ކަރަންޓީން ކޮށްފައިވާ ކަމަށް އެ ގައުމުން ބުނެއެވެ. ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ގިނަ މީހުން ފޭސް މާސްކު ބޭނުންކުރަމުންދާއިރު، ގިނަ ތަޖުރިބާކާރުން ބުނެފައިވަނީ ކޮރޯނާ ވައިރަސްއަށް މުޅިން އެ މާސްކް އެކަށީގެންނުވާ ކަމަށެވެ.