12 ބަނގުރާފުޅި އާއެކީގަ މީހަކު ހައްޔަރުކޮށްފި

ފުލުހުން ހޯދި ބަނގުރާފުޅިތައް/ ފޮޓޯ: ޕޮލިސް

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12 ފުޅި ބަނގުރަލާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހުޅުމާލެއިން މާލެއަށް ބަނގުރާ ގެންދާ ކަމުގެ ތުހުމަތުގައި މިއަދު 14:08 ހާއިރު ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގުކުރަމުން ނެވެ. ދާދިފަހުންވެސް ހުޅުމާލެއިންވަނީ ބަނގުރާފުޅި ތަކަކާއެކު 2 ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.