އާއްމުންނަށް ސުޕްރީމް ކޯޓު ދައްކާލަނީ

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު-

އާއްމުންނަށް ސުޕްރީމް ކޯޓުގެ ތަންތަން ދައްކާލާ އެކޯޓަށް ޒިޔާރަތް ކުރެވޭނެ ގޮތް ހަދައިފިއެވެ.

އެގޮތުން ކޮންމެ މަހެއްގެވެސް ފުރަތަމަ ބުރާސްފަތި ދުވަހަކީ އާއްމުންނަށް ސުޕްރީމް ކޯޓަށް ޒިޔާރަތް ކުރެވޭނެ ދުވަހެއްގެ ގޮތުގައި އެކޯޓުން ވަނީ ކަނޑައަޅާފައެވެ.

ސުޕްރީމް ކޯޓުން ބުނީ އެ ދުވަހު ތިން ސެޝަނެއްގެ މަތިން ޓުއާތައް ބާއްވާނެ ކަމަށެވެ. އެއީ 9:00އިން 10:00އަށް، 10:00އިން 11:00އަށް އަދި 11:00އިން 12:00 އަށެވެ.

ކޮންމެ ސެޝަންއެއްގައި ބައިވެރިވެވޭނީ 10 މީހަކަށް ކަމަށާއި ފުރުސަތު ދޭނީ ސެޝަންގެ ގަޑިއަށް އަންނަ ތަރުތީބުން ނަން ނޯޓްކޮށްގެން ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

މި ޓުއާގައި ކޯޓުގެ ސެކްޝަންތަކަށް ޒިޔާރަތްކޮށް، ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ޝަރީއަތުގެ މަޖިލިސް އަދި ކޯޓު އިމާރާތް ދެއްކުން ހިމެނެއެވެ. އަދި ޓުއާގެ ސެޝަންތައް ކުރިއަށްދާ ގަޑީގައި ކޯޓުގައި އަޑުއެހުމެއް ކުރިއަށްދާ ނަމަ އެ އަޑުއެހުމަކަށް ވަނުމުގެ ފުރުސަތު ދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގައި ވެރިކަން ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅަކު ހުންނެވުމަށް އިމާރާތް ކުރި ރިޔާސީ ގަނޑުވަރެވެ. އެމަނިކުފާނުގެ ވެރިކަން ނިމި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވީ މުލީއާގޭގައެވެ. އަދި ރިޔާސީ ގަނޑުވަރު ނުވަތަ ތީމުގެ ރައީސް ނަޝީދުގެ ވެރިކަމުގައި

Leave a Reply

Your email address will not be published. Required fields are marked *