ފަނޑިޔާރުން ތަމްރީނުކުރުމަށް އިންޑިޔާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަނޑިޔާރުންނަށް ފަންނީ ތަމްރީނު ދިނުމަށް އިންޑިޔާއާއެކު އެއްބަސްވުމެއް/ ފޮޓޯ: ޖޭއެސްސީ

ރާއްޖޭގެ ފަނޑިޔާރުންގެ ތަޖުރިބާ އިތުރުކުރުމަށް ތަމްރީން ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ޖޭއެސްސީގެ ފަރާތުން ސޮއިކޮށްފައިވަނީ ކޮމިޝަންގެ ރައީސް ހިސާން ހުސައިން އެވެ. އަދި އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކެޑަމީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ އެކަޑަމީގެ ޑިރެކްޓަރ ޖަސްޓިސް ޖީ. ރަގުރާމް އެވެ.

މި އެއްބަސްވުމާއެކު ރާއްޖޭގެ ފަނޑިޔާރުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީން ރާއްޖޭގެ ފަނޑިޔާރުންނަށް ހާއްސަ ކުރެވިގެންދެވޭ 200 ފުރުސަތު ދިނުމަށް އެއްބަސްވެވުނު ކަމަށް ޖޭއެސްސީން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.