ކޮރޯނާ ވައިރަސް: މަރުވި މީހުންގެ އަދަދު 1000 އަށް ވުރެ މައްޗަށް!

މީހެއްގެ ގައިން ހުން ހުރިތޯ ޓެސްޓު ކުރަނީ ---

ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 1000 އަށް ވުރެން މައްޗަށް އަރައިފއެވެ.

ހަމައެކަނި އިއްޔެވެސް ޗައިނާއިން ވަނީ މި ބަލި ޖެހިގެން 108 މީހުން މަރުވެފައެވެ. އަދި މިއީ މި ވައިރަސް ޗައިނާގައި ފެތުރެން ފެށިފަހުން ޗައިނާއިން އެންމެ ގިނަ މީހުން މަރުވެފައިވާ ފަހަރެވެ.

އޭގެތެރެއިންވެސް އެންމެ ގިނަ މީހުން މަރުވެފައިވަނީ ޗައިނާގެ ހުބެއި ޕްރޮވިންސުންނެވެ.

ޗައިނާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮރޯނާ ވައިރަސްއާއި ގުޅިގެން ބަލި ޖެހިފައިވާ މީހުންގެ އަދަދުވަނީ 43،102 އަށް އަރާފައެވެ. އަދި އޭގެ ތެރެއިން ޖުމްލަ 4،048 މީހަކު ވަނީ މި ބަލިން ސަލާމަތްވެފައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި އަދަދުތަކާއެކު މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1018 އަށް އަރާފައެވެ.

ކޮރޯނާވައިރަސް މިހާތަނަށް 27 ގައުމަކުން ފެނިފައިވެއެވެ. އަދި ޗައިނާއިން ބޭރުގައި މަރުވެފައި ވަނީ ހޮންކޮން އާއި ފިލިޕީންސްގައި ދެ މީހެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.