ކޮމަންވެލްތާއި ގުޅުމުން 40 ގައުމަކަށް ވިސާ ނެތި ދިވެހިންނަށް ދަތުރުކުރެވޭނެ!

ކޮމަންވެލްތްގެ ވަފުދާއި ފޮރިން މިނިސްޓަރު ބައްދަލުކުރެއްވުން/ ފޮޓޯ: ހުސެއިން

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެވުމާއި ގުޅުގެން އެޖަމާޢަތުގެ މެމްބަރު 40 ގައުމަކަށް ދިވެހިންނަށް މިހާރު ވިސާ ނެތި ދަތުރުކުރެވޭނެއެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ހެދޭ ޚާއްސަ އެއްބަސްވުންތަކުގެ ދަށުން ދިވެހިންނަށް މި 40 ގައުމަކަށް މިހާރު ދަތުރުކުރެވޭ އިރު، މިއީ އަނެއްކާވެސް ދިވެހިންނަށް ލިބިގެންދާ ބޮޑު ފަސޭހައެކެވެ. މީގެ ތެރެއިން ބައެއް ގައުމުތަކަށް ދިވެހިންނަށް ވިސާއާއި ނުލައި ކުރިން ދަތުރުކުރެވުނުނަމަވެސް، ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމުން ވިސާގެ އިތުރު ލުއިތަކަކާ ފަސޭހަކަތެކެއް ލިބިގެންދާނެއެވެ. އަދި އެހެން ބައެއް ގައުމުތަކަށް ކުރިންވެސް ވިސާ ލިބެމުން އައި ނަމަވެސް، ކޮމަންވެލްތުގެ މެމްބަޝިޕް ރާއްޖެއިން ދޫކޮށްލުމުން އެގައުމުތަކުން ވަނީ ވިސާގެ އެއްބަސްވުންތައް ސަސްޕެންޑްކޮށްފައެވެ.

މި ސަރުކާރު އައިފަހުން މިހާތަނަށް ގިނަ ގައުމުތަކަކުން ރާއްޖެއަށް ވިސާ ނެތި ދަތުރުކުރެވޭނެ މަގު ވަނީ ތަނަވަސްވެފައެވެ. އެގޮތުން ތައިލެންޑް، ޔޫއޭއީ، ރަޝިޔާ އަދި މޮރޮކޯ އަށް ވިސާނެތި ދިވެހިންނަށް މިހާރު ދަތުރުކުރެވޭއިރު، ލަންކާ، މެލޭޝިއާ ފަދަ ގައުމުތަކަށް ކޮމަންވެލްތުގެ މެމްޝަރިޕްއާއިއެކު ވިސާގެ އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ

ހިޔާލު ދެއްވާ!

Your email address will not be published.