ފަތުރުވެރިޔާ ހައްޔަރުކުރުމުން ނަޝީދު މައާފަށް އެދުނު މައްސަލަ ބަލަންޖެހޭ: ސަލަފް

ޖަމިއްޔަތުލް ސަލަފްގެ ނޫސްވެރިންގެ ބައްދަލުވުމެއް --

ކ. މާފުށީގައި ބިކިނީ ލައިގެން އެރަށު ތެރޭގައި އުޅެމުންދިޔަ އަންހެނަކު ފުލުހުން ހައްޔަރުކުރި މައްސަލާގައި އެ ފަތުރުވެރިޔާގެ ކިބައިން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މައާފަށް އެދުނު މައްސަލައަކީ ގައުމީ ފެންވަރެއްގައި ބަލަންޖެހޭ މައްސަލައެއް ކަމަށް ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ސަލަފުން ބުނެފިއެވެ.

ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބު ވިދާޅުވީ ފަތުރުވެރިޔާ ހައްޔަރުކުރީ އެކަމުގައި ފުލުހުންނަށް ދެވެން އޮތް ދުލެއް ދިނުމަށްފަހުގައި ކަމަށެވެ. އަބްދުﷲ ވިދާޅުވީ ކުށްކުރަމުން ދިޔަ އަންހެނަކު ވަކިގޮތަކަށް ހައްޔަރު ކޮށްގެން އަޑުގަދަކުރަމުން ދިއުމަކީ މިންތީގެ ހަމަހަމަ ކަމުގެ ވާހަކަށް ހުދު “އެބައިމީހުންވެސް” އީމާންވާ ކަމެއް ނޫން ކަމަށެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ރައީސް ނަޝީދުވަނީ އިނގިރޭސިބަހުން ވާހަކަ ދައްކަވމުން އެ ފަތުރުވެރިޔާގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިޔާ އަލުން ރާއްޖެ އައުމަށް މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީއިން ދައުވަތު އަރުއްވާ ކަމަށެވެ.

އަދި އެކަން ހިނގައިގެން ދިޔަ ކަމާމެދު ހިތާމަކުރައްވައި މާފަށް އެދިވަޑައިގަންނަވާ ކަމަށާއި، އެކަން ހިނގައިގެން ދިޔަ ގޮތުގެ ތަފްސީލް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ދެއްވާފައިވާ ކަމަށެވެ.

http://hathaavees-com.avashost.com/2138/

ދާދިފަހުން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މާފުށީގައި ފަތުރުވެރިޔާ ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވުމަކީ ކަންބޮޑުވުމެއް ކަމަށާއި، ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް، ބޮލަށް ފިރިހެން ފުލުހަކު އެރުން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުންވާ ކަމެއް ކަމަށެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ، މާފުށީގެ މަގުމަތީގައި ނިވާކަން ކުޑަ ހެދުމެއްގައި އުޅެނިކޮށެވެ. އޭނާ އެވަގުތު ހުރީ މަސްތުގެ ހާލަތުގައެވެ. އޭނާ ނިވާ ކުރުމަށް ފުލުހުން މަސައްކަތް ކުރުމުން ވަނީ ގަދަކަން ދައްކައި ފުލުހުންނަށް ހުރަސް އަޅާފަ އެވެ. އެހެންވެ ފުލުހުން އޭނާ ހައްޔަރުކުރީ ގަދަކަމުންނެވެ. އޭނާއާއެކު ޗުއްޓީ ހޭދަކުރަމުން ދިޔަ ފިރިހެން މީހާ މާރާމާރީ ހިންގި ކަމަށް ވެސްވެ އެވެ.

އެ އަންހެން ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު އޭނާވަނީ ދޫކޮށްލާފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.