ކައުންސިލަރުންގެ މުސާރަ ކަނޑައެޅިގޮތުގެ ތަފްސީލް ހޯދަނީ

ކައުންސިލަރުންތަކެއް --

ސަރުކާރުން ކައުންސިލްތަކުގެ މުސާރަ ބޮޑުކުރި ގޮތުގެ ތަފްސީލް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ތަފްސީލް ހޯދުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި ހަމައެއާއެކު އެކަމަކީ ރާއްޖޭގެ އިގްތިސޯދު މިހާރު އޮތް ގޮތުން އެންމެ އެކަށީގެންވާ ނިންމުންތޯވެސް ބެލުމަށް މެންބަރުން ސުވާލު އުފެއްދިއެވެ.

މި މަޝްވަރާތަކަށް ފަހު މެންބަރުން ނިންމީ ޕޭ ކޮމިޝަންގެ މެންބަރުން މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރުމަށެވެ. ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ. އެކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ.

ކައުންސިލަރުންގެ މުސާރައިގެ ތަފްސީލް:

މޭޔަރު 40000ރ. އަދި ޑެޕިއުޓީ މޭޔަޔަރަށް 35،000ރ.

ސިޓީ ކައުންސިލްގެ މެންބަރަކަށް 30،000ރ.

އަތޮޅު ކައުންސިލްގެ ރައީސަކަށް 28،000ރ.

ރަށު ކައުންސިލްގެ ރައީސަކަށް 23،000ރ. އަދި ނައިބު ރައީސަށް 15،000ރ.

ކައުންސިލް މެންބަރަކަށް 12،000ރ.

ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން ކައުންސިލަރުންނަށް ދޭނެ މުސާރައެއް ސަރުކާރުން ކަނޑައަޅައި މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އޭގެ ފަހުން ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި ދޭނެ އަދަދެއް ފާސް ކުރަނީ މަޖިލީހުންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.