ތޮއްޔިބު ޝަހީމު ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް!

ތޮއްޔިބު ޝަހީމް --

ސޯޝަލް މީޑިއާގެ އެކްޓިވިސްޓު ތޮއްޔިބު ޝަހީމު ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް އައްޔަން ކުރައްވައިފިއެވެ. އޭނާ އައްޔަން ކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމަށެވެ.

ދައުލަތުގެ މީޑިއާ ޓީވީއެމްގައި މީގެކުރިން މަސައްކަތް ކުރެއްވި ތޮއްޔިބިު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުނު ފަހުން ސޯޝަލް މީޑިއާގައި އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާން ފަށާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި، ސަރުކާރުގެ އިދާރާތަކުން"ލީކުވާ" މައުލޫމާތުތައް އޭނާ ދިޔައީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އޭނާ ވަނީ ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ހައްޔަރުވެސް ކޮށްފައެވެ. ނަމަވެސް ހައިކޯޓުން އަމުރު ކުރީ އޭނާ ދޫކޮށްލުމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ތޮއްޔިބު ޝަހީމް ވަނީ އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމުގައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ސޯޝަލް މީޑިއާ ހިންގުމާ ވެސް ހަވާލުވެފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.