ގެއެއްގެ ވައިގޮޅިން ބަންގްލަދޭޝް މީހަކު ވެއްޓި އަނިޔާވެއްޖެ

މާލެ ސިޓީގެ އޭރިއަލް ފޮޓޯއެއް --

ހެންވޭރު ގެއެއްގެ ވައިގޮޅިން ބަންގްލަދޭޝް މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު 14:30ގައި ހެންވޭރު ގެއެއްގެ ހަތްވަނަ ފަންގިފިލާގެ ވައިގޮޅިން ބިދޭސީއަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ބަންގްލަދޭޝް މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.