އުތުރުގެ ރަށެއްގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފި

ރޭޕްއާއި ދެކޮޅަށް އާންމުކޮށްފައިވަ ޕޯސްޓެއް-

އުމުރުން 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ފުލުހުން ހައްޔަރުކޮސްފިއެވެ.

ފުލުހުން ބުނީ، މިމަހުގެ 9 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އުތުރުގެ ރަށެއްގައި އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކާމެދު، އެރަށުގެ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތް މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ، ކުޑަ ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ މައްސަލައެއްކަމަށާއި، ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން އެކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.