ސީއެސްސީގެ ރައީސާއި ތިން މެންބަރަކު ވަކިކުރަން ކޮމެޓީން ފާސްކޮށްފި

ސިވިސް ސާވިސް ކޮމިޝަންގެ އިސްވެރިން މަޖިލިސް ކޮމެޓީގައި -- ފޮޓޯ / މިހާރު

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި އެ ކޮމިޝަނުގެ ނާއިބު ރައީސް މުހައްމަދު ޝަހީދާއި އެކު އިތުރު ދެ މެންބަރަކު މަގާމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމާ އެކަން ފާސްކޮށްފިއެވެ.

ސީއެސްސީގެ މެންބަރުން މަގާމުން ވަކި ކުރުމަށް ކޮމެޓީން ނިންމާފައިވާއިރު އެތައް މިނިސްޓްރީތަކަކުން އަންނަނީ ސީއެސްސީގެ އަމަލުތައް ހުންނަ ގޮތުން މިނިސްޓްރީތައް ހިންގުމަށް ދަތިވާ ކަމަށް ބުނެފައެވެ. އެންމެ ފަހުން މިކަމުގެ ޝަކުވާއެއް ކޮށްފައިވާ މިނިސްޓްރީއަކީ ފޮރިން މިނިސްޓްރީއެވެ.

މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުރިހާ މިނިސްޓަރުން ހާޒިރު ކުރެއްވިއެވެ. އަދި މިނިސްޓްރީތައް ހިންގުމަށް ދިމާވާ ދައްޗަކީ ކޮބައިކަމާއި މުވައްޒަފުންނަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ކޮމެޓިގެ މެންބަރުން ވަނީ ސުވާލު ކުރައްވާފައެވެ. އެގޮތުން ހުރިހާ މިނިސްޓަރުންވެސް އެއް ކަމަކަށް އިއްތިފާގުވެއެވެ. އެއީ ސީއެސްސީގެ ސަބަބުން މިނިސްޓްރީ ހިންގުމަށް ކުރިމަތިވާ ދަތިތަކެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން މަގާމުން ވަކިވާނީ މަޖިލީހަށް އެ މައްސަލަ ހުށަހަޅާ މަޖިލިސް ޖަލްސާއިން ނަގާ ވޯޓަކުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.