ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ ޝަކުވާ މިފަހަރު ކުރީ ވަޒީރުން!

މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީ/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސިވިލް ސާވިސް ބައެއް މުވައްޒަފުން އަދާކުރަމުންދާ ވަޒީފާ އަށްވުރެ ލިބޭ މުސާރަ ކުޑަކަމަށް، ވަޒީރުން ބުނެފިއެވެ.

ވަޒީރުން މިހެން ބުނެފައިވަނީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ހުރިހާ ވަޒީރުން ހާޒިރުކޮށް ދެއްކެވުނު ވާހަކައިގަ އެވެ. މި ކޮމެޓީގައި މިނިސްޓްރީ ތަކުގެ މަސްއޫލިއްޔަތައް އަދާކުރުމަށް ސިވިލް ސާވިސް ކޮމިޝަނުގެ އެއްބާރުލުން އޮތް މިންވަރާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މިއަދުގެ މިކޮމެޓީގައި ވަޒީރުން އެންމެ ބޮޑަށް ޝަކުވާކޮށްފައިވަނީ، ސިވިލް ސާވިސް މުވައްޒަފުންނަށް ދެމުންދާ މުސާރަތައް ކުޑަަވުމާއި ގުޅިގެން ނެވެ. ވަޒީރުން ވިދާޅުވީ، ބައެއް މުވައްޒަފުންނަށް އަދާކުރަމުންދާ ވަޒީފާ އަށްވުރެ ކުޑަ މުސާރައެއް ދެމުންދާކަމަށާއި، ކުޑަ މުސާރައެއް ދޭ ކަމުގައި ވާނަމަ މުވައްޒަފުންގެ ކިބައިން ފެންނަން ޖެހޭ މަސައްކަތުގެ ފެންވަރުވެސް ދައްވާނެކަމަށް ވަޒީރުން ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީގައި ވާހަކަދައްކަވަމުން، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރަމުންދާ ސްޕީޑް އިންތިހާ އަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި މުވައްޒަފުން ގަޑި ޖެހުމާއި މަސައްކަތަށް ފަރުވާ ކުޑަ ކުރުމުގެ މައްސަލަތައް ހުރި ނަމަވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް ކޮމިޝަނުން އަޅާފައި ނުވާކަން މިނިސްޓަރުވަނީ ފާހަގަ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *