މާލެ ދަފްތަރުގައި ތިބި މީހުން ރަށްރަށުގެ ރަޖިސްޓްރީއަށް ބަދަލުވާން ގޮވާލައިފި

ވިލިގިލި ދާއިރާގެ މެންބަރު ސައުދު/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލެ ދަފްތަރުގައި ތިބި މީހުން ރަށްރަށުގެ ރަޖިސްޓްރީއަށް ބަދަލުވާން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ގޮވާލައިފި އެވެ.

ސައުދު މިހެން ގޮވާލާފައިވަނީ، މާލޭގެ ރައްޔިތުން ދިރިއުޅޭނެ ފްލެޓެއް ބިމެއް ލިބެން ނެތުމާއިއެކު އެ ރައްޔިތުންނަކީ ފަލަސްޠީނު ރައްޔިތުން ފަދަ ބައެއް ކަމަށް ސިފަ ކުރައްވައި ރޭ ރާއްޖެޓީވީ "ފަލަ ސުރުހީ"ގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)  ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ.

ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖެތެރޭ މީހުންގެ ފައިސާ އިން މާލެ ތަރައްގީކޮށްފަ އެ ރައްޔިތުން އަނެއްކާވެސް ސުވަދީބް ސަރުކާރެއް އުފައްދަން ޖެހިދާނެކަމަށެވެ.

މީގެ އިތުރަށް ސައުދު ވިދާޅުވީ މާލެއަކީ ވަކި ބައެއްގެ ތަރިކައެއް ނޫންކަމަށާއި، ގްރޭޓަރ މާލެ ތަރައްގީކުރުމަށް ނެގި ލޯންތަކަށް ކުރަމުންދާ ހަރަދަކީ، ދިވެހި ރައްޔިތުންގެ އެސެޓް ކަމަށެވެ. އަދި ނަސްލީ ތަފާތުކުރުން ބޮޑުކުރާނަމަ ރާއްޖެތެރެ މީހުން މާލެ ހިފަން ޖެހިދާނެ ކަމަށެވެ.

އަނދުން ހުސައިން ވިދާޅުވީ، ކޮންމެ ސަރުކާރުންވެސް މާލޭގެ ބިން ހިއްކުމަށް ފަހު ރަށްރަށުން މީހުން ގެނެސް މާލޭގައި ވަޒަންވެރިވުމުން މާލޭގެ ރައްޔިތުން ބިންކޮޅެއްވެސް ނުލިބޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *