28 މީހުންނާއެކީ މާފުށީ ނެރުމައްޗަށް އެރި ލޯންޗު ފުންކޮށްފި

ނެރުމައްޗަށް އެރި ދޯނި/ ފޮޓޯ: އެމްއެންޑީއެފް

28 މީހުންނާއެކު އއ. މާފުށި ރިސޯޓުން ފުރައިގެން ހުޅުލެއަށް ދަތުރުކުރި ލޯންޗެއް މާފުށި ނެރުމައްޗަށް އަރައި އެ ލޯންޗު ފުންކޮށްފި އެވެ.

އެމްއެެންޑީއެފްއިން ބުނީ، "ސޮވެނިއާ-19" ނަމަކަށް ކިޔާ ލޯންޗް، މާފުށި ނެރުމައްޗަށް އެރި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 07:43 ހާއިރު ކަމަށެވެ. އެ ލޯންޗުގައި 28 މީހަކު ތިބި ކަމަށާއި، އޭގެތެރެއިންި ދިވެހި 2 ފަޅުވެރިއަކު ހިމެނޭކަމަށާއި، އަދި ބިދޭސީ 1 ފަޅުވެރިއަކު ހިމެނޭ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ހާދިސާ ހިނގި އިރު ލޯންޗުގައި ތިބި މީހުންވަނީ ރިސޯޓުގެ އެހެން ލޯންޗެއްގައި ރިސޯޓަށް ގެންގޮސްދީފަކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އަދި މި ލޯންޗު ފުން ކުރުމުގެ މަސައްކަތް ލޯންޗުގެ ވެރިފަރާތާއި އެމްއެންޑީއެފް ކޯސްޓް ގާޑާއި ގުޅިގެން ކުރަމުންދާ ކަމަށާއި، މިހާރު ލޯންޗު ފުންކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ ލޯންޗުގެ ވެރިފަރާތުން ހަމަޖެއްސި އެހެން އުޅަނދެއްގެ އެހީގައި ލޯންޗު ފުންކޮށްފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *