ކޮރޯނާ ވައިރިސް: ހަމައެކަނި އިއްޔެވެސް މަރުވި މީހުންގެ އަދަދު 97 އަށް!

ކޮރޯނާ ވައިރަސް-

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ސަބަބުން ހަމައެކަނި އިއްޔެވެސް ޗައިނާގައި 97 މީހަކު މަރުވެއްޖެ އެވެ.

ޗައިނާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ވައިރިސް ފެތުރެން ފެށުމާއެކު އެންމެ ގިނަ މީހުން މަރުވެފައިވަނީ އިއްޔެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި ކޮރޯނާވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 908އަށް އަރާފަ އެވެ.

ޗައިނާގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ބުނާ ގޮތުގައި އެ ގައުމުން މިވައިރިސްއަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދުވަނީ 40،171 އަށް އަރާފަކަމަށެވެ. މީގެ އިތުރުން ޗައިނާއިން ވަނީ ކޮރޯނާވައިރަސް ޖެހުނު 3،281 މީހަކަށް ފަރުވާދީ، ރަނގަޅު ވުމުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.

ކޮރޯނާވައިރަސް މިހާތަނަށް 27 ގައުމަކުން ފެނިފައިވެއެވެ. އަދި ޗައިނާއިން ބޭރުގައި މަރުވެފައި ވަނީ ހޮންކޮން އާއި ފިލިޕީންސްގައި ދެ މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *