މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް ސަލީމް

އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހަމަޖައްސައިފިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ނުވަތަ އިދިކޮޅު ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ ޕާޓީ ފިޔަވާ ދެން އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރެވެ.

އަހްމަދް ސަލީމް މައިނޯރިޓީ ލީޑަރަކަށް ހަމަޖައްސާފައިވަނީ، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ޕީޕީއެމްއާ ގުޅިވަޑައިގެން، މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރައްވާ މެމްބަރުންގެ އަދަދު ހަޔަކަށް އެރުމާ ގުޅިގެންނެވެ.

މަޖިލީހުގެ މިދިޔަ ދައުރުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އިންނެވުމަށްފަހު ފަހުން ޖުމްހޫރީ ޕާޓީއަށް ސޮއިވެސް ކުރެއްވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތީ އަމިއްލަ މެމްބަރެއްގެ ގޮތުންނެވެ. ނަމަވެސް އޭނާ ޕީޕީއެމްއަށް އަލުން ސޮއިކުރައްވައި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާ ގުޅިވަޑައިގަތުމުގެ ސަބަބުން، ހަ ގޮނޑިއާއެކު ޕީޕީއެމް ވެގެން ގޮސްފައިވަނީ އެމްޑީޕީ ފިޔަވާ އެންމެ ގޮނޑި ކޮންޓްރޯލުކުރާ ޕާޓީއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *