މާލޭ ރައްޔިތުންގެ ބިންކޮޅު އެހެން ބަޔަކުވަނީ ފޭރިގަނެފައިި: އަނދުން ހުސެއިން

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލެއަށް ދިމާވެފައިވާ މައްސަލައަކީ ފަލަސްތީނުގެެ ރައްޔިތުން އަތުން އެމީހުންގެ ބިންތައް އެހެން ބަޔަކު ފޭރިގަނެފައިވާ ފަދަ މައްސަަލައެއް ގޮތައް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު(އަނދުން ހުސެއިންް) ސިފަކުރައްވައިފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ރޭ ވާހަކަ ދައްކަމުން ހުސެއިން ޝަހީމް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގްރޭޓަރ އިންޑަސްޓްރިއަލް ޒޯނުން ބިންދޭން ޖެހޭ ކަމަށެވެ. އަދި ރައީސް ސޯލިހު އެކަން ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ޝާހީމް ވިދާޅުވީ، ކޮންމެ ސަރުކާރުންވެސް މާލޭގެ ބިން ހިއްކުމަށް ފަހު ރަށްރަށުން މީހުން ގެނެސް މާލޭގައި ވަޒަންވެރިވުމުން މާލޭގެ ރައްޔިތުން ބިންކޮޅެއްވެސް ނުލިބޭ ކަމަށެވެ.

ހުސެއިން ޝަހީމް މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން އޭނާ ވިދާޅުވެފައިވަނީ މާލޭ މީހުންނަށްވުރެ އަތޮޅުތެރޭގެ މީހުންނަށް ރަނގަޅު ގޮތްތައް ވާންޖެހޭ ކަމަށާއި، އަބަދުވެސް މަޖިލީހުގައި ދެކެވެމުން އަންނަނީ މާލޭ މީހުންނަށް ވާނެ މޮޅު ގޮތްތަކުގެ ވާހަކަ ކަމަށެވެ. ނަމަވެސް މާލޭ މީހުންނަށް މޮޅު ގޮތްތައް ވާކަށް ނުޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެށި ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން މާލެއިން ކުދި ބިންކޮޅު ދޫކޮށްލާފައިވާ ފަރާތްތަކަށް، ހުޅުމާލެއިން ގޯތި ދިނުމަށް އެމްޑީޕީން ވަނީ ދާދި ފަހުން އެޗްޑީސީގައި އެދިފައެވެ. އެމްޑީޕިން އެދިފައިވާ ގޮތަށް އޭރު ބިން ދޫކޮށްލި މީހުންގެ ތެރެއިން ފަހުން ގޯތިދޭނެ ކަމަށް ލިޔުން ޙަވާލުކޮށްފައިވާ ފަރާތްތަކަށް ވަރަށް އަވަހަށް ބިން ލިބިގެންދާނެކަން ޝަހީމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *