ލަންކާގެ އިމާރާތެއްގެ މަތިން ދިވެހި ކުޑަކުއްޖަކު ވެއްޓިއްޖެ

އަވަށްޓެރި ސްރީލަންކާގައި އިމާރާތެއްގެ މަތިން ދިވެހި ކުޑަކުއްޖަކު ވެއްޓިއްޖެއެވެ.

ފޮރިން މިނިސްޓްރީންވެސް ވަނީ ލަންކާގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން “ހަތާވީހަށް” ކަށަވަރު ކޮށްދީފައެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ހާލަތު ވަރަށް ސީރިއަސްއެވެ. އަދި އެކަމުގެ ސަބަބުން އެކުއްޖާއަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

އެކުއްޖާއަކީ އާއިލާއާ އެކުގައި ލަންކާގައި ދިރިއުޅެމުން އަންނަ ކުއްޖެކެވެ.  ފޮރިން މިނިސްޓްރީން އަންނަނީ އެކުއްޖާއަށާއި އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެކުއްޖާގެ އުމުރެއްވެސް އަދި އެކުއްޖާގެ ރަށަކީ ކޮބައިކަންވެސް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.