ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް 43 މިލިއަންގެ މަޝްރޫއުއެއް ފަށައިފި

ރާއްޖޭގައި ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީތެރިކަމާ އެކު 43 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް މިއަދު އިފުތިތާހުކޮށްފިއެވެ.

މި މަޝްރޫއު ފެށިކަން އިއުލާންކުރީ މިއަދު ފޮރިން މިނިސްޓްރީގައި އީޔޫގެ އިސްވެރިންނާއި ފޮރިން މިނިސްޓްރީގެ އިސް ފަރާތްތައް ބޭއްވި ބައްދަލުވުމުގައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބައްދަލުވުމަށް ފަހު، ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ހަރަދު ކުރުމަށް ރާއްޖެ-އީޔޫގެ ސަލާމަތީ އެއްބާރުލުމަށް އީޔޫ އިން ކަނޑައަޅާފައިވަނީ 43 މިލިއަން ރުފިޔާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުީ އެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް ގުޅިގެންނެވެ. އެހެންނަމަވެސް މި މަޝްރޫއުއާ ގުޅޭ މާބޮޑު ތަފްސީލެއް ދިވެހި ސަރުކާރުންވެސް އަދި އީޔޫއަކުން ވެސް ނުދެއެވެ.

ރާއްޖޭގައި ވެސް ހަރުކަށި ފިކުރުގެ ނުރައްކާ މިހާރު އިންތިހާ އަށް އޮތް އިރު، އެކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާ މި ޕްރޮޖެކްޓްގެ ތަފްސީލެއް ދިވެހި ސަރުކާރާއި އީޔޫ އިން ވެސް އަދި ހާމައެއް ނުކުރެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ފައިނޭންސް ކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައް ފަދަ ބައިނަލްއަގްވާމީ އެހެން ކަންކަމުގައި ވެސް ރާއްޖެ-އީޔޫ ގުޅިގެން މަސައްކަތް ކުރުމަށް މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި "ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވް" މެދުވެރިކޮށް ދެފަރާތުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *