ފިޝަރީޒް މިނިސްޓަރު ޒަހާ މާދަމާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަނީ

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާ ސުވާލުކުރުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ފިޝަރީޒް މިނިސްޓަރާއި ސުވާލު ކުރެއްވުމަށް ހުށަހަޅާފައިވަނީ މަޑަވެލި ދާއިރާގެ މެންބަރ ހުސައިން ފިރުޝާން އެވެ.

ފިރުޝާން މިނިސްޓަރާއި ކުރައްވާ ސުވާލުގައި ވަނީ މަސް ފެކްޓްރީ އެއް ހެދުމަށް ހޮރައިޒަން ފިޝަރީޒް އަށް ގދ.ހޯނޑެއްދޫއިން ބިން ދޫކޮށްފައިވާތާ ގާތްގަޑަކަށް 14 އަހަރުވެފައިވާއިރު، މަސްފެކްޓްރީގެ މަސައްކަތް ނިންމުމަށް އެއްވެސް މުހުލަތެއް އެއްވެސް އިރެއްގައި ދީފައިވާނަމަ، އެކަމުގެ ތަފުޞީލު ދެއްވުމަށެވެ.

އަދި ހޮރައިޒަން ފިޝަރީޒް އާއި ފިޝަރީޒް މިނިސްޓްރީ އާ ދެމެދުވެފައިވާ އެއްބަސްވުމާއި އެއްވެސް ފަރާތަކުން ޚިލާފުވެފައިވާނަމަ، އެކަމުގެ ތަފުޞީލު ދެއްވުމަށްވެސް ފިރުޝާންގެ ސުވާލުގައި އެދިވަޑައިގަންފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.