ކުޑަ އަންހެން ކުއްޖަކާއި ކުޑަ ފިރިހެން ކުއްޖަކު “ނުރަނގަޅު” އަމަލުތަކެއް ކުރަމުންދާތަން ވީޑިއޯކޮށް އެ ވީޑިއޯ ސޯޝަލް މީޑިއާ ހިއްސާކުރި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ޖެންޑާ މިނިސްޓްރީން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިން ދެނެގަނެވޭނެފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މައުލޫމާތު އާންމުކޮށް، އިތުރަށް ވިކްޓިމައިޒް ކުރުމުގެ ބަދަލުގައި އެ ބާވަތުގެ މައްސަލަތައް ފުލުހުންނަށާއި، މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1412 އަށް ގުޅުއްވައި ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މިކަމާއި ގުޅިގެން ފުލުހުން ކުރި ޓުވީޓުގައި ބުނެފައިވަނީ، ކުޑަކުދިންނާއި ގުޅޭ އެފަދަަ ވީޑިއޯތައް ރިކޯޑްކޮށް އާންމުންނަށް ފެނޭނެހެން ސޯޝަލް މީޑިއާއަށް ދޫކުރުމުގެ ބަދަލުގައި، ސީދާ ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރުމަށް އެދިފައެވެ. އަދި އެފަދަ ވީޑިއޯތައް އާންމުވުމުގެ ސަބަބުން ކުއްޖާއަށްވެސް ވަރަށް ނޭދެވޭ އަސަރުތައް ކުރާނެކަމަށް ފުލުހުން ބުނެއެވެ.
މިފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައްވަނީ ފެންމަތިވެފައެވެ. އެގޮތުން ބައެއް ކުދިންގެ ވީޑިއޯ ތަކާއި، ވީޑިއޯ ރިކޯޑިންގްތައްވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.