ދެ ބިދޭސީންގެ މެދުގައި މާރާމާރީ ހިންގާ، ތޫނު އެއްޗަކުން ޒަހަމްކޮށްލައިފި

ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގާ ދެ މީހުންވެސް ޒަހަމްވެއްޖެއެވެ.

ފުލުހުން ބުނީ މި މާރާމާރީ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައި މާފަންނުގައި ކަމަށެވެ. މި މާރާމާރީ ހިނގާފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންގެ މެދުގައެވެ.

ފުލުހުން ބުނީ މާރާމާރީގައި ދެމީހުންނަށްވެސް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި ދެމީހުންވެސް ޒަހަމްވެފައިވާ ކަމަށެވެ. އަދި ބުނީ އެ ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.