އީޔޫގެ ވަފްދެއް އައްސޭރި ޖަލަށް ޒިޔާރަތްކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފްދެއް ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް ޒިޔާރަތްކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ އައްސޭރި ޖަލަށް ވަޑައިގެންނެވި އީޔޫގެ ވަފްދުން އެ ޖަލުގެ ހާލަތު ބަލާފައިވާ ކަމަށެވެ. އަދި ކުރިޔަށް ގެންދާ އެހެނިހެން މަސައްކަތްތައްވެސް އެ ވަފްދުން ބަލާފައިވާ ކަމަށެވެ.

އީޔޫގެ މި ވަފްދުގައި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އައްސޭރި ޖަލަށް އީޔޫގެ ވަފްދެއް ޒިޔާރަތް ކުރައްވާފައި މިވަނީ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމަށް އަހުމަދު މުހައްމަދުފުޅު ހަވާލުވެވަޑައިގެންނެވި ފަހުން ޖަލުތަކުގެ އޮޑިޓް ރިޕޯޓާއި އެއްގޮތަށް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވަނިކޮށެވެ.

އަދި ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައިވާ ކަންކަން ތަންފީޒު ކުރުމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް ވަނީ ހާއްސަ ކޮމެޓީއެއްވެސް އެކުލަވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *