ގޮވާ ތަކެއްޗާއި އެކު ސިފައިން ހަދާ ތަމްރީނު މާދަމާ ފަށަނީ

ގޮވާ ޒާތުގެ އެއްޗެއް އޮވެގެން މީގެކުރިން ސިފައިންގެ ބޮމް ސްކޮޑު ހަރަކާތްތެރިވަނީ: ފޮޓޯ / ސަން

ގޮވާ ތަކެއްޗާއި އެކު ސިފައިން މާލެސިޓީގައި ކުރިޔަށް ގެންދާ ތަމްރީނު މާދަމާ ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން މި މަހުގެ 15ވަނަ ދުވަހަށް އެ ތަމްރީނު މާލެސިޓީގައި ކުރިޔަށް ގެންދާނެ ކަމަށެވެ. މި ތަމްރީން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެއާ ހުޅުމާލެ އަދި ހުޅުލޭގައެވެ.

މިއީ އެމްއެންޑީއެފްގެ ފަރާތުން ކުރިއަށް ގެންދާ “ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރެއިނިން އެޑްވާންސް ކޯސް”ގެ ފައިނަލް އެކްސަސައިޒްގެ ތެރެއިން ކުރިއަށް ގެންދާ ތަމްރީނެކެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދިއުމުގައި ސިމިއުލޭޝަންގެ ގޮތުގައި ބޭނުންކުރާ ގޮވާތަކެތި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.