ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުން ފޯމު ހުށަހަޅަން ހުޅުވާލައިފި

އެމްޑީޕީގެ އެއްވުމެއް -- ފޮޓޯ / އަވަސް

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރިު ހުރިހާ ކެންޑިޑޭޓުންވެސް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ކަނޑައަޅާފައިވާ ފޯމު ހުށަހެޅުމަށް އެޕާޓީން ހުޅުވާލައިފިއެވެ.

އެމްޑީޕީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބު 2020 އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުން ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ފުރަންޖެހޭ ފޯމް ފުރުއްވުމަށްފަހު، ފޯމުގެ ހާޑް ކޮޕީއެއް ޕާޓީ ސެކްރެޓޭރިއެޓަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ. އެމްޑީޕީން ބުނީ ފޯމު ހުށަހެޅުމުން ޕާޓީގެ އިގުރާރާއި ޕާޓީގެ ފަރާތުން ވާދަކުރާ ކަމުގެ ސިޓީ ލިބޭނެ ކަމަށެވެ. ކެންޑިޑޭޓް ޑިޕޮޒިޓް ދެއްކުމަށް ހަމަޖެހިފައިވަނީ ހުރިހާ ކެންޑިޑޭޓުންނަށް އެއްކޮށް ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން މިގޮތަށް ބުނެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން އެ ކޮމިޝަނުން ބުނީ މި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓުވެސް މިހާރު ވަނީ އާއްމުކޮށްފައެވެ. އަދި ހަމައެއާއެކުގައި އިއްޔެ ވަނީ އިދިކޮޅު ޕީިޕީއެމްގެ ޕްރައިމަރީވެސް ބާއްވާފައެވެ. މި މަހުގެ 12ވަނަ ދުވަހު ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީގެ ޕްރައިމަރީވެސް ބާއްވާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *