އދ. އޮމަދޫގައި ކުދި ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ކުއްޖަކަށް އަނިޔާވެއްޖެއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިއްޔެ އޮމަދޫ ދަނޑު މަތީގައި ކުޅެން ތިބި ކުދި ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ކުއްޖަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓު ހަވީރު 18:10 އެހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި ކުއްޖާ އައިޖީއެމްއެޗް އަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.